ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ފެރީތަކުގެ ޚިދުމަތް ނުހުއްޓޭނެ، އެމްޕީއެލުން ދެ ސަރަޙައްދެއް ހަމަޖައްސައިފި

21 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

މާލޭ އުތުރުފަރާތުގެ ލޯކަލް މާރުކޭޓުގެ އިރުމަތީ ތޮއްޓާއި އެއްގަމުތޮށި މަރާމާތުގެ މަސައްކަތް ކުރަމުން ދާތީ އެ ސަރަޙައްދުން ޚިދުމަތް ހޯދަމުންދިޔަ ދުވަހު ފެރީތަކަށް ހުއްޓުމެއްނެތި ޚިދުމަތް ދިނުމަށްޓަކައި އެމްޕީއެލް އިން ދެ ސަރަޙައްދެއް ހަމަޖައްސައިފި އެވެ.

މާލޭގެ ބޮޑުތަކުރުފާނުގެ މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ. އެއާއެކު މަގުން ބަޔަކާއި ފަޅުން ބައެއް ވަނީ ބަންދުކޮށްފަ އެވެ.

އެމްޕީއެލް އިން ބުނީ އުތުރު ފަރާތުގެ ތޮށިތައް މަރާމާތުގެ މަސައްކަތް ނިމެންދެން 20 އޮގަސްޓް 2025 ވަނަ ދުވަހުން ފެށިގެން 19 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ނިޔަލަށް 3 މަސްދުވަހުގެ މުއްދަތައް އެމްޕީއެލްގެ ނޯތު ހާބަރުންނާއި ސައުތުވެސްޓް ހާބަރު (ޓީ ޖެޓީ) ން އެ ޚިދުމަތް ލިބޭނެ ކަމަށެވެ.

އަދި މި ތިން މަސް ދުވަސް ހަމަވެ މަރާމަތުގެ މަސައްކަތް ނިމުމުން މި ދެ ހާބަރުން ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް މި ދެ ހާބަރު ހިންގުމުގެ އުސޫލުގައިވާ ގޮތަށް ޙިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު