ENGLISH
03 ސެޕްޓެމްބަރު 2025
ރަސްމާލެ ހިއްކުން ބާރަށް ކުރިއަށް: އެންމެ ބޮޑު ޑްރެޖަރާއެކު ޗައިނާ ކުންފުނިން މަސައްކަތް ފަށައިފި
21 އޯގަސްޓު 2025
|
ރަސްމާލެ ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް
ރަސްމާލެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުުރުމުގެ މަޝްރޫޢުގެ ދަށުން ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް އިން ބިން ހިއްކުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މި ކުންފުންޏާއެކު އެކަމުގެ އެއްބަސްވުން ހެދީ މި މަހުގެ ދެވަނަ ދުވަހު އެވެ.
އެޗްޑީސީން ބުނީ އެ ކުންފުނިން ސައިޓަށް މޮބިލައިޒްވެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެ ކުންފުނިން މި މަސައްކަތަށް ބޭނުން ކުރަނީ 21,000 ކިޔުބިކް މީޓަރ ވެލި އުފުލޭ ޑްރެޖަރެކެވެ. މިއީ މިހާތަނަށް ބޭނުންކުރި ޑްރެޖަރަށް ވުރެ ދެ ގުނަ ބޮޑު ޑްރެޖަރެކެވެ.
ރަސްމާލެއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގަމުންގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ. އެގޮތުން، ފުށިދިއްގަރު ފަޅުން ޖުމްލަ 1009 ހެކްޓަރުގެ ބިންހިއްކަން ނިންމައި، މިހާތަނަށް 129.60 ހެކްޓަރު ބިން ވަނީ ހިއްކައިފައެވެ. އެއީ 1153 ހެކްޓަރު ހިމެނޭ އެ ފަޅުގެ 12.84 އިންސައްތައެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން ކުރީން ކުރަމުން އައީ ދެ ކުންފުންޏަކުންނެވެ.
ޗައިނާ ކުންފުނިން ރަސްމާލެ ސައިޓުން 265 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމާލެ ހިއްކާ ނިމޭއިރު އެތަން ވެގެންދާނީ ހުޅުމާލޭ ފޭސް 2 ހިމެނޭހެން، ހުޅުމާލޭގެ ތިންގުނަ ބޮޑު ސިޓީއަކަށެވެ. ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ރަސްމާލެ ތަރައްޤީކުރާއިރު، އެތަން ހިއްކަނީ 2.5 މީޓަރު އުސްކޮށެވެ. އަދި، އެތަނުން 65،000 ގެދޮރު ދޫކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި މަޝްރޫއު ނިމިގެންދާއިރު މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރެވިގެންދާނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ބާވަތްތައް ވެސް ހިމަނައިގެންނެވެ.