ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

21 އޯގަސްޓު 2025

|

ހަސަން އާމިރު

މާލޭގެ ބޮޑުތަކުރުފާނުގެ މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި ރަސްމިއްޔާތުގައި ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ ސީއީއޯ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އަދި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ސީނިއާ އޮފިޝަލުން ބައިވެރިވެވަޑައިގެންފަ އެވެ.

ތާރު އަޅައިގެން ހަތަރު ލޭނަށް މާލޭގެ ބޭރު މަގު ތަރައްގީ ކުރުމުން ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ. މާލޭގެ އެންމެ ކާރޫބާރު ބޮޑު ހިސާބުގެ ބޭރު މަގު ތަރައްގީ ކުރަނީ ފެން ހިންދާ ނިޒާމާއި ދުވާރު ވެސް ހިމަނައިގެންނެވެ. މަގުގެ މަސައްކަތް ނިމޭއިރު ރޯޑް މާކިން އަދި ސައިން ބޯޑުތައް ވެސް ހަރުކުރާނެ އެވެ.

މާލޭގެ ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދާނީ މާލޭގެ މަސްމާރުކޭޓުން ފެށިގެން އިއްޒުއްދީން ފާލަމާ ހިސާބަށެވެ. ލޯކަލް މާރުކޭޓުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްގީ ކުރާ އިރު 830 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެ އެވެ.

އެމްޓީސީސީއަށް 144 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 455 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު