ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

މާލޭގައި މާރާމާރީއެއް ހިނގާ މީހަކު ޒަޙަމުކޮށްލައިފި

20 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ފުލުހުންގެ އިދާރާ --

މާލޭގައި މާރާމާރީއެއް ހިނގާ މީހަކު ޒަޙަމުކޮށްލައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ސޯސަން މަގުގައި މީހަކަށް ހަމަލާދީ ޒަޚަމުކޮށްލާފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ލިބުނީ މިރޭ 11:11 ހާއިރު ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އަނިޔާވި މީހާ އައިޖީއެމްއެޗަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ބުންޏެވެ.

މާރާމާރީގެ އެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު