ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އުކުޅަހުގައި ލޯކަލް ޓޫރިޒަމަށް ޚާއްސަކޮށްފައިވާ ބިންތަކުން 250 ގޯތި ދޫކުރެވޭ ގޮތަށް އިސްލާޙު ކުރާނަން: ރައީސް

20 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އއ. އުކުޅަހުގައި ލޯކަލް ޓޫރިޒަމަށް ޚާއްސަކޮށްފައިވާ ބިންތަކުން 250 ގޯތި ދޫކުރެވޭ ގޮތަށް އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން އިސްލާޙު ކުރައްވާ ގޯތި ދޫކުރުމުގެ މަސައްކަތަށް ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އުކުޅަހުން ބަންޑާރަ ގޯތި ދޫކުުރުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ. ރައީސް ވިދާޅުވީ އެކަމަށް އެމަނިކުފާނު މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ. އެ ގޮތުން ލޭންޑް ޔޫސް ޕްލޭން އިސްލާޙު ކުރައްވާ އުކުޅަހުގައި ލޯކަލް ޓޫރިޒަމަށް ޚާއްސަކޮށްފައިވާ ބިންތަކުން ބަންޑާރަ ގޯތި ދޫކުރަން ފުރުސަތު ފަހިކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ އުކުޅަހު ލޭންޑް ޔޫސް ޕްލޭނަށް އިސްލާހު ގެނެސް އަންނަ ހަފްތާގައި އެ ހުއްދަ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ބިމުން 250 ގޯތި ދޫކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ އެ ހުއްދަ ދެއްވުމާ އެކު ލަސް ނުކުރައްވާ އަންނަ ހަފްތާގައި އެކަމަށް ހުޅުވާލުމަށް ކައުންސިލްގައި އެދިވަޑައިގެންފަ އެވެ.

ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް

މީގެ އިތުރުން ރައީސް ވަނީ އުކުޅަހުގައި ހައުސިން ޔުނިޓް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަން ވެސް އިއުލާނު ކުރައްވާފަ އެވެ. ވިދާޅުވީ އެ ރަށުގައި 50 ހައުސިން ޔުނިޓް ޤާއިމު ކުރުމުގެ މަޝްރޫޢުއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.

މީގެ އިތުރުން އެ ރަށުގެ އިޙްތިސާސަށް ލާފައިވާ ގަލަގިލިފަޅުގައި ކުރަން ކައުންސިލް ހުށަހަޅާ ޤާނޫނާއި ޚިލާފު ނޫން ކޮންމެ ކަމެއް ކުރުމުގެ ހުއްދަ ސަރުކާރުން ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު