ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ޕެޓްރޯލް ފުޅި އުކާ ތަންތަން ރޯކުރަން ގޮވާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

20 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ހަމަނުޖެހުން ހިންގުމަށް ގޮވާލި މައްސަލާގައި ހައްޔަރުކުރި މީހާ -- ފޮޓޯ: ޕޮލިސް

ޕެޓްރޯލް ފުޅި އުކާ ތަންތަން ރޯކުރަން ގޮވާލި މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ "އެކްސް" ގައި ޕޯސްޓްތަކެއް ކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ސ،ހިތަދޫ / އަތަމާވިލާ، ޢަލީ ޢާނިމް މުފީދު (29އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ، ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ޕޯސްޓްކުރި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުން ކަމަށެވެ.

އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ފުލުހުން ކުރެ އެވެ. އެއީ;

* ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު - ޓީ.ވީ، ރޭޑިއޯ އަދި އިންޓަރނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މަޢުލޫމާތު ފެތުރުން - 10 ވަނަ މާއްދާގެ (ހ) ޤާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޓެލެވިޜަން ނުވަތަ ރޭޑިއޯ ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ކުރުމުގެ ކުށް.

* ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު - ޢާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުކުރުން - 615 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރު؛ ޢާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަޤްޞަދެއް ޙާޞިލު ނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދުން.

* ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު - ކުށެއް ކުރަން އުޅުން - 80 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު، ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުން.

އޭނާ ވަނީ ޕެޓްރޯލް ފުޅި އުކާ ތަންތަން ރޯކުރަން ހިތްވަރު ދީ އެކަމަށް ގޮވާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު