ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އުކުޅަހަށް މުހިންމު ތިން މަޝްރޫއުއެއް: އެއްބަސްވުންތަކުގައި ސޮއިކޮށްފި

20 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އއ. އުކުޅަހުގައި މުހިންމު ތިން މަޝްރޫޢުއެއް ކުރިއަށް ގެންދަން ނިންމާ އެއްބަސްވުންތަކުގައި މިރޭ ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ.

މި ޖަލްސާގައި ސޮއިކުުރުން އޮތީ އުކުޅަހު ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުުރުމާއި އުކުޅަހު ސުކޫލުގައި އޮފީސް އިމާރާތެއް ޤާއިމުކުރުމާއި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢުގަ އެވެ.

އުކުޅަހު ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުުރުމަށް ހަވާލުކުރީ އެމްޓީސީސީ އާ އެވެ. އުކުޅަހު ސުކޫލުގައި އޮފީސް އިމާރާތެއް ޤާއިމުކުރުމުގެ މަސައްކަތް ހަވަލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންއާ އެވެ.

މީގެ އިތުރުން އެ ރަށުގައި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢު ހިންގަން ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.

ކިޔުންތެރިންގެ ހިޔާލު