ENGLISH
03 ސެޕްޓެމްބަރު 2025
އިތުރު އިސްލާހުތައް ގެންނަން ތެލެސީމިއާ ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް
20 އޯގަސްޓު 2025
|
އޮރެންޖު ހިޔާ ގައި ގާއިމް ކުރި ތެލެސީމިއާ ސެންޓަރު (ފޮޓޯ/އެމްއެންޑީއެފް)
ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކޮށްފައިވާ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އަނބުރާ ފޮނުއްވައިފިއެވެ.
މި ބިލަކީ، 6 އޮގަސްޓް 2025 ވީ ބުދަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސް އެދިވަޑައިގެންފައިވަނީ، ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވަށާޖެހިފައިވާ ގައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރުމަށެވެ.
އެ ބިލުގައި ވަނީ، ތެލެސީމިއާ އެންޑް ހީމޮގްލޯބިނޯޕެތީސް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ ޒިންމާތައް ހިމަނައި އެ ގާނޫނަށް އާ މާއްދާއެއް އިތުރުކުރުމަށް ހުށަހަޅާފަ އެވެ. އަދި ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ ދެ މީހަކު ކައިވެނިކުރަން ބޭނުންވާނަމަ، ޚާއްސަ ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.