ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރަސްދޫއަށް ތާރީޚީ ދުވަހެއް: ތަޢުލީމީ މަރުކަޒުގެ އައު އިމާރާތާއި މަގު ހެދުމާއި ސްޕޯޓްސް ކޮމްޕްލެސް މަޝްރޫޢު ފަށައިފި

20 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އއ. ރަސްދޫގައި މުހިންމު ތިން މަޝްރޫޢުއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފައި ވަނީ ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢު އާއި އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިން ބުރި އިމާރާތުގެ މަޝްރޫޢު އާއި ރަސްދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއު އެވެ.

ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އަށެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިން ބުރި އިމާރާތުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއަށެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު އާއި އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސަޢުދީ އެވެ.

ރަސްދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ އާރުޑީސީއަށެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.

ކިޔުންތެރިންގެ ހިޔާލު