ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ކޮފްސީ ސިރަޕް ވިއްކުން މަނާކޮށްފި

20 އޯގަސްޓު 2025

|

އުމްނާ އިސްމާޢީލް

ރާއްޖެ އެތެރެކޮށް ބޭނުންކުރަމުން ގެންދާ ބޭހުގެ މާކެޓް ސާވެއިލަންސް ކުރުމުގެ މަސައްކަތުގެ ތެރެއިން، ކެއްސާތީ ބޯ ބޭހެއް ކަމަށްވާ، ކޮފްސީ ސިރަޕުގެ ކޮލިޓީ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

އެހެންވެ، މިއަދުން ފެށިގެން ކޮފްސީ ސިރަޕް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެ އެވެ. އަދި އެއްވެސް ފާމަސީއެއްގައި މި ބޭސް ހުރި ނަމަ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.

އެމްއެފްޑީއޭ އިން ބުނިގޮތުގައި މި ބޭސް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް ފަރާތަކުން ސިއްހީ މައްސަލައެއް ދިމާވެގެން ރިޕޯޓުކޮށްފައިނުވާ ކަމަށެވެ. އަދި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް އެއް ތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމާއި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު