ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ތޮއްޑޫގައި ފެނާއި ނަރުދަމާ އިފްތިތާޙުކޮށް ފާލަން ތަރައްޤީ ކުުރުމާއި 10 ކުލާސް ރޫމް މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

20 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އއ. ތޮއްޑޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙުކޮށް ފާލަން ތަރައްޤީ ކުުރުމާއި ސްކޫލުގައި އިތުރު ވަސީލަތްތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތޮއްޑޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ތޮއްޑޫގައި ފެނާއި ނަރުދަމާ ޚިދުމަތް އިފްތިތާޙުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އެ ޚިދުމަތް އިފްތިތާޙު ކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް ޚާއްސަ ޕްލާކުގެ ފަރުދާ ކައްސަވާލަދެއްވާފަ އެެވެ.

ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްޤީ ކުުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އަށެވެ. މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސަޢުދީ އެވެ.

އެ ރަށު ސުކޫލުގެ 10 ކުލާސްރޫމާއި އިތުރު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށެވެ. އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީޢު އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑީއެމްޑީ އިބްރާހިމް ރައްޒާން އެވެ.

މީގެ އިތުރުން ވެސް އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެކަން ރައީސް ވަނީ އިޢުލާނު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު