ENGLISH
03 ސެޕްޓެމްބަރު 2025
ޢިލްމުވެރިންގެ ގުޅުމުން ކުޅިވަރާއި ބެހޭ ވަޒީރާއި ބައްދަލު ކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި
20 އޯގަސްޓު 2025
|
ޢިލްމުވެރިންގެ ގުޅުމުން ކުޅިވަރާއި ބެހޭ ވަޒީރާއި ބައްދަލު ކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރެއްވުން --
ޢިލްމުވެރިންގެ ގުޅުމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއާ ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ކުރައްވައިފި އެވެ.
ޢިލްމުވެރީންގެ ގުޅުމުން މަޢުލޫމާތު ދެއްވި ގޮތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުވުމަކީ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހުރި ބައެއް ކަންކަމާ މެދު ދީނީ އިލްމުވެރިންގެ ހުރި ކަންބޮޑުވުންތަކާއި، ސަރުކާރުގެ ފަރާތުން ކުޅިވަރުގެ ދާއިރާގެ ކަންކަން އިސްލާމީ ގިއުގަނޑުގެ ތެރެއަށް ފެއްތުމަށް ޓަކައި ކުރެވެން ހުރި ކަންކަމާ މެދު މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވަރަށް މުހިންމު މަޝްވަރާ ކުރެވުނު ކަމަށާ އޭގެތެރޭގައި ނަމާދު ގަޑިތަކާ ދިމާކޮށް ބޭއްވޭ ކުޅިވަރު މުބާރާތްތަކުގެ މައްސަލަ އާއި ދަން ގަޑިތަކުގައި ކުރިއަށް ގެންދެވޭ ކުޅިވަރު މުބާރާތްތަކުގެ ސަބަބުން ކިޔަވާކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އާންމުންނަށް ކުރިމަތިވާ ދަތިތަކާއި ހުކުރު ވަގުތަށް ކުޅިވަރު މައިދާންތައް ބަންދުކުރުމުގެ މުހިންމު ކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
މީގެ އިތުރުން ކުޅިވަރު މައިދާންތަކުގައި ވުޟޫކޮށް ނަމާދު ކުރެވޭނެ ގޮތްތައް ހެދުމާއި، އެތަންތަނުގައި ވެސް ދީނީ ޝިއާރު އާލާކޮށް، ހޭލުންތެރިކަން އުފެއްދުމަށް ތަފާތު ވަސީލަތްތައް ބޭނުންކުރުން ފަދަ ކަންކަން ފަހި ކުރުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
އަދި ޔޯގާ މައްސަލަ އާއި ކުޅިވަރަށް ބޭނުންވާ އުސޫލުތައް ދީނީ އިމުގެ ތެރެއިން އެކުލަވައިލުމުގެ މައްޗަށް ވެސް މި ބައްދަލުވުމުގައި ވަރަށް ތަފްސީލީ ގޮތެއްގައި މަޝްވަރާ ކުރެއްވުނު ކަމަށް މަޢުލޫމާތު ދެއްވި އެވެ.
ވަޒީރުގެ ފަރާތްޕުޅުން މި ބައްދަލުވުމުގައި އިލްމުވެރިންނަށް ލިބިގެން ދިޔަ އެއްބާރުލުމާއި ދެއްވި ޔަގީން ކަމަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ޝުކުރުއަދާ ކުރައްވާފައިވެ އެވެ.