ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ތޮއްޑޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނާއި ކައުންސިލް އިދާރާގެ ބިންގާ އަޅައިފި

20 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ތޮއްޑޫ ޕޮލިސް ސްޓޭޝަނުގެ ބިންގާ އެޅުން. ފޮޓޯ: ރައީސް އޮފީސް

އއ. ތޮއްޑޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނާއި ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ތޮއްޑޫގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި  ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް އަދި ތޮއްޑޫ ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ. 

ތޮއްޑޫގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ އާރުޑީސީއާ ޙަވާލުކޮށްގެންނެވެ.

ތޮއްޑޫގައި ތަރައްޤީކުރާ ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

ތޮއްޑޫ ކައުންސިލް އިމާރަތް އަޅަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ޙަވާލުކޮށްގެންނެވެ.

މުޅި ރާއްޖޭގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. އެގޮތުން، ޕޮލިސް ސްޓޭޝަންތައް މަރާމާތުކުރުމާއި، ފުލުހުންގެ އެކޮމަޑޭޝަން ބްލޮކްތަކުގެ ފެންވަރު ރަނގަޅުކުރުމާއެކު، ޕޮލިސް ޕޯސްޓުތައް ޤާއިމުކުރުމުގެ އިތުރުން ފުލުހުންގެ ފެންވަރު ރަނގަޅު މަރުކަޒުތައް އެޅުމުގެ މަސައްކަތް ވެސް މުޅި ރާއްޖޭގައި އަންނަނީ ކުރަމުންނެވެ.

ބާވެފައިވާ ކައުންސިލް އިމާރާތްތައް މަރާމާތުކޮށް ތަރައްޤީކުރުމާއި، މުޅިން އަލަށް ކައުންސިލް އިމާރާތްތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން އާރުސީސީއާ ޙަވާލުކޮށްގެން 55 ކައުންސިލް އިމާރާތް އެޅުމަށް މިހާރު ވަނީ ޙަވާލުކޮށްފައެވެ. އަދި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ކައުންސިލް އިމާރާތުގެ މަސައްކަތް ކުރުމަށް ވަނީ ނިންމައިފައެވެ. 

ތޮއްޑޫ ތަރައްޤީގެ މުހިއްމު ދެ މަޝްރޫޢުގެ ބިންގާ އެޅުމުގެ އިތުރުން ވެސް ގިނަ މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ވަނީ ފައްޓަވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު