ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ތޮއްޑޫއަށް ޑޮލަރު އޭޓީއެމްއަކާ އެކު ބީއެމްއެލްގެ އާ ބްރާންޗެއް

20 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއްގެ ހިދުމަތް ފަށައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ބްރާންޗުގެ ބިންގާ އަޅައިފިއެވެ. 

ތޮއްޑޫގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މީގެއިތުރުން ބީއެމްއެލްގެ އާ ބްރާންޗެއްގެ ބިންގާވެސް ވަނީ އަޅާފައިއެވެ.

މި ރަސްމިއްޔާތުގައި، ރައީސާއެކު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ތޮއްޑޫ ކައުންސިލް ރައީސް އަޙްމަދު ކަރަމް އާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގަތެވެ.

ތޮއްޑޫ އަކީ ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެވެ. ގެސްޓްހައުސްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގަމުން އަންނައިރު، އެރަށް ޑޮލަރު އޭޓީއެމްއެއް ލިބުމަކީ ރަށްޔިތުންގެ ގިނަ ދުވަސްވީ އެދުމެކެވެ. 

ބީއެމްއެލް އިން "މުޅި ރާއްޖެ އަށް ބިއެމްއެލް އޭޓީއެމް" ގެ ދަށުން މިހާރު ވަނީ އއ. އަތޮޅުގެ ގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމުކޮށްފަ އެވެ.

ބީއެމްއެލްގެ ފުރަތަމަ ގޮތްޕެއް މާލޭގައި ގާއިމުކުރެވުނީ 1982 ވަނަ އަހަރުއެވެ. އޭގެ ފަހުން ބޭންކުން އަންނަނީ ފޯރުކޮށްދޭ ހިދުމަަތްތައް ފުޅާކޮށް، މާލީ ހިދުމަތްތަކަށް އާއްމުންނަށް ވާސިލުވެވޭ ގޮތްތައް ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ބޭންކުގެ ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ބޭންކުގެ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު