ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނެ: މެޓް އޮފީސް

20 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ދެކުނު އަތޮޅުތަކަށް މޫސުން ގޯސް ވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފިއެވެ.

އޮގޮތުން މެޓުން ބުނި ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަވެ ގުގުރާނެއެވެ.

މީގެއިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކަށް މާދަމާއިން ފެށިގެން އާދައިގެ ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށް މޫސުމާ ގައުމީ އިދާރާއިން މިއަދު ބުނެފައިވެއެވެ. 

މެޓުން ލާފާކޮށްފައިވާ ގޮތުގައި މިއަދު ހަވީރު 18:00 އާ ހަމަޔަށް ދެކުނުގެ އެކި ހިސާބުތަކަށް ގުގުރާ ވިއްސާރަކުރާނެއެވެ.

ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓުން ލަފާކުރިއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެ ރާޅުގެ އުސްމިނުގައި ދެ ފުޓާއި ހަތަރު ފޫޓު ހުންނާނެކަމަށްވެސް މެޓުން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު