ENGLISH
05 ސެޕްޓެމްބަރު 2025
އއ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި
20 އޯގަސްޓު 2025
|
އއ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކުރުމާއި ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
ޑިޕާރްމަންްޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ދަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް އައިޑީ ކާޑުގެ ހިދުމަތް ފެށުމަށް މަސަތްކަތްކުރަމުންނެވެ.
ޑީއެންއާރްގެ އިތުރުން ރާއްޖޭގެ މީހުން އުޅޭ ނުވަތަ ވެރިކަން ކުރާކޮންމެ ރަށެއްގައި އައިޑީކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
އެގޮތުން މި ސިޔާސަތުގެ ދަށުން މިހާރު އއ. އަތޮޅު ކައުންސިލުގައި އައިޑީ ކާޑުގެ ހިދުމަތް މިހާރު ވަނީ ރަސްމީކޮށް ފަށައިފައެވެ.
ޑީއެންއާރް އިން މައުލޫމާތު ދިން ގޮތުގައި އަވަސް ހަރުދަނާ މި ހިދުމަތް ފެށުމާއެކު މި އަތޮޅު ރައްޔިތުން ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދޭނެއެވެ.
މިހާރު 28 ރަށެއްގައި މި ހިދުމަތް މިހާރު ދެމުންދާއިރު އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް މި ހިދުމަތް ފުޅާކުރުމްކަމަށްވެސް ޑީއެންއާރްއިން ފާހަގަކުރިއެވެ.
މީގެއިތުރުން ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުންވެސް އައިޑީ ކާޑުގެ ހިދުމަތް ލިބޭނެގޮތް ފަހިކޮށްދިނުމުގެ މަސަތްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާއި ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.