ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމުގެ މަޝްރޫޢު ފައްޓަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

19 އޯގަސްޓު 2025

|

ޢަލީ ޝަހީމް

މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ކޮންމެ އަތޮޅެއްގައި ސަރުކާރުން ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމުގެ މަޝްރޫޢު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިރޭ އއ. މަތިވެރީ ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށަށް ވަޑައިގަތުމުން ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ ހުށަހެޅުންތައް ލިބިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަން ފުޅާވެފައިވާ އަތޮޅުތަކުގައި އެފަދަ ފުރުޞަތުތައް ނެތުމާއި، ފަތުރުވެރިކަން ނޫނަސް ރަށްރަށުގެ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތުމުން ވެސް ހުށަހެޅުން ލިބެމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަރަށް އަވަހަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، ކޮންމެ އަތޮޅަކުން އެއްރަށް ނަގައި އެ އަތޮޅުގެ ރައްޔިތުންނަށް، އަދި ފަތުރުވެރިންގެ ބޭނުންތަކަށް ވިސްނައިގެން ކޮންމެ އަތޮޅަކުން ރަށެއް ޕިކްނިކް ދިއުމަށް ތަރައްޤީކުރައްވާނެ ކަމަށެވެ. 

""އެވެސް ހަމަ ރައްޔިތުން ބާރުވެރިކުރަން. ޚާއްޞަކޮށް ރައްޔިތުން އުފާފާޅުކުރުމަށް. އާއިލާތަކަށާއި މިދެންނެވި ގެސްޓްހައުސް ޓޫރިޒަމާއި ލޯކަލް ޓޫރިޒަމްގަ ރައްޔިތުންނަށް އެކަން ކުރާ ފަރާތްތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަކަށް ވާނެތީ އެއީ. އޭގެން ވެސް ރައްޔިތުން މުއްސަނދި ވެގެންދާނެ ކަމަކަށް ވާތީ. އެހެންވީމަ އެގޮތަށް އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ދާދި އަވަހަށް ފަށާނަން" " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަޝްރޫޢު ކުރިއަށްގެންދިއުމާ ގުޅޭ ދިރާސާތައް މިހާރު ފައްޓަވާފައިވާކަމަށެވެ. އަދި ކެބިނެޓްގައި މަޝްވަރާކުރުމަށްފަހު ކެބިނެޓްގެ ނިންމެވުމާ އެއްގޮތަށް އަތޮޅުތަކުގައި ޕިކްނިކް ރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު