ENGLISH
07 ސެޕްޓެމްބަރު 2025
ފެރިދޫގައި ޕޮލިސް ސްޓޭޝަންގެ ބިން އަޅައިފި، ގިނަ މަޝްރޫއުތަކެއް ފަށާނެ
19 އޯގަސްޓު 2025
|
ފެރިދޫގައި ޕޮލިސް ސްޓޭޝަންގެ ބިން އެޅުން
އއ. ފެރިދޫގައި ޕޮލިސް ސްޓޭޝަންގެ ބިން މިއަދު އަޅައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އއ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ފެރިދޫއަށް ވަޑައިގެންފަ އެވެ.
އެގޮތުން ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑަައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
އަދި އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އާއި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން ފެރިދޫގައި ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން ފެރިދޫ ސުކޫލަށް ހަތަރު ކްލާސް ރޫމް އިތުރުކުރުމާއި މަލްޓިޕާޕަލްސް ހޯލާއި ސިއްޙީ މަރުކަޒުގެ އައު އިމާރާތް ކުރުމުގެ މަސައްކަތް ފެށުމާއި އެ ރަށުގައި ދޯނި އެހެލާ ސަރަޙައްދާއި މޫދަށް އެރޭ ސަރަޙައްދު ހެދުމާއި ފެރިދޫގައި ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާޙު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.