ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

އެމްއެސްޕީއޭ ފިލްމް އެވޯޑްސް އަންނަ ހުކުރު ދުވަހުގެ ރޭ

19 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އެމްއެސްޕީއޭ ފިލްމް އެވޯޑްސް އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެ

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިންގ އަރޓްސް (އެމްއެސްޕީއޭ) ގެ ފުރަތަމަ ފިލްމު އެވޯޑް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްއެސްޕީއޭ ފިލްމު އެވޯޑްސް ބާއްވަން ކުރީން މަސައްކަތް ކުރީ މިދިޔަ އަހަރު އެވެ. ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން އެވޯޑްގެ ތާރީޚު މި އަހަރަށް ފަސް ކުރަން ޖެހުނީ އެވެ. އެމްއެސްޕީއޭގެ ޗެއަރޕާސަން މުހައްމަދު ރަޝީދު (ދަރާ) ވިދާޅުވީ އެ ސޮސައިޓީގެ ފުރަތަމަ އެވޯޑް ހަފްލާ އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމާ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މި އެވޯޑް ހަފްލާ އޮންނާނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލް ހޯލްގަ އެވެ. އެވޯޑް ހަފްލާގައި 26 ކެޓަރގަރީ އަކުން އެވޯޑް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ލައިފް ޓައިމް އެޗީވްމަންޓް އެވޯރޑް ދެ ބޭފުޅަކަށް އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ އެވޯޑްގައި ވާދަކުރަނީ 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ނެރެފައިވާ ފިލްމުތަކެވެ. ޖުމްލަ 19 ފިލްމެއް މި އަހަރުގެ އެވޯޑްސްގައި ވާދަކުރެ އެވެ.

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިންގ އަރޓްސް (އެމްއެސްޕީއޭ) ގެ ފުރަތަމަ ފިލްމު އެވޯޑް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގައި އެންމެ ފަހުން އެވޯޑް ހަފްލާއެއް ބާއްވާފައި ވަނީ 2019 ވަނަ އަހަރު އެވެ.

އެމްއެސްޕީއޭ އިން ގެންދަނީ ފިލްމީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ކަމާގުޅޭ އިދާރާތަކަށް ވުރެ ގިނަ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ތަފާތު ވޯރކްޝޮޕްތައް ދަނީ ބާއްވަމުންނެވެ. އަދި އަގުވަޒަން ކުރުމުގެ އެކި ހަފްލާތައް ބާއްވާފައިވެ އެވެ.

އެމްއެސްޕީއޭގެ ޗެއަރޕާސަންގެ މަގާމަށް ރަޝީދު އިންތިޚާބުކުރި ހިސާބުން ފެށިގެން އެ ސޮސައިޓީގެ މަސައްކަތްތައް ވަރަށް ބޮަޑަށް ފުޅާވެ ހަރުދަނާކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު