ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ރާއްޖޭގެ އިޖްތިމާއީ ފޭރާން ދަމަހައްޓަން މީޑިއާ ކޮމިޝަނުގެ ބިލު މުހިއްމު: ސައުދުﷲ

19 އޯގަސްޓު 2025

|

އުމްނާ އިސްމާޢީލް

މިހާރު ރައްޔިތުންްގެ މަޖިލީހުގައި ބަހުސް ކުރެވެމުންދާ "މީޑިއާ ރެގިއުލޭޝަންގެ ބިލަކީ" ރާއްޖޭގެ އިޖްތިމާއީ ފޭރާން ދެމެހެއްޓުމަށް މުހިއްމު ބިލެއް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ސައުދުﷲ މިފަަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަމިއްލަ މެމްބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ނެވެ.

ސައުދުﷲ ގަބޫލުކުރައްވާ ގޮތުގައި މި ބިލުން ލިބިގެންދާ މައިގަނޑު އެއް ފައިދާއަކީ މީހުންގެ އަބުރު ހިމާޔަތްކުރެވުމެވެ. އޭނާ ވިދާޅުވީ، ބައެއް މީޑިއާތަކުން އެކި މަގްސަދުތަކަށްޓަކައި އެކި ފަރާތްތަކުގެ އަބުރު ކަތިލުމަކީ އާއްމުކަމަކަށް ވެފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް މީޑިއާތައް ޖަވާބުދާރީކުރެވުމަކީ މުހިއްމު ކަމެއް ކަަމަށެވެ.

"ހަގީގަތާ ކަނޑައެޅިގެން ޚިލާފު ވާހަކަ ދައްކާ މީހުންގެ އަބުރު ކަތިލާ މީހުންނަށް އުޅެން އުނދަގޫވާ ވަރު އެބަކުރޭ ބައެއް ފަރާތްތަކުން. އެ މީހުންގެ އަމިއްލަ މަސްލަހަތަށްޓަކައި. އެހެންވީމާ މިކަން ނުވާނެ ގޮތަކަށް އަޅުގަނޑުމެން އެންމެން ވެގެން ގައުމުގެ މަސްލަހަތަށްޓަކައި، ގައުމުގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރުމަށްޓަކައި އަންނަން ތިބި ދަރީންގެ ހައްގުގައި ވެސް މިކަން ކުރަން އެބަޖެހޭ.  " ސައުދުﷲ ވިދާޅުވި އެވެ.

މި ބިލުގެ ދަށުން އުފައްދަން ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ ކޮމިޝަނުން ކަނޑައަޅާ އުސޫލުތަކާ ޚިލާފުވާ މީޑިއާތަކާއި ނޫސްވެރިންނަށް އިދާރީ ފިޔަވަޅު އެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބޭއިރު،މި ބިލުން އެ ކޮމިޝަނުގެ ނިންމުމަކާ ދެކޮޅަށް ދައުވާ ކުރުމުގެ ހައްގު ވެސް މީޑިއާތަކަށް ލިބޭކަން ސައުދުﷲ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ފާހަގަކުރެވުނު އެއް ކަމަކީ މުޅި ބިލުން އެއްވެސް މީހަކަށް ހައްގު ނޫން ކަމެއް ދިމާވެއްޖެ ނަމަ ނޫނިއްޔާމު ބްރޯޑްކާސްޓިން ރެގިއުލޭޝަނުން ނިންމާ ނިންމުމަކީ ރަނގަޅު ނޫން ކަމެއް ކަމަށް މީހަކަށް ފެނިއްޖިއްޔާމުން ކޯޓަށް ދެވޭނެ މަރުހަލާއެއް އޮތުން. ހަމައެއާއެކު، މި ބިލުގައި އެއްވެސް މީހަކަށް ޖިނާއީ އަދަބެއް ނުވަތަ ޖަކުގެ ހުކުމެއް އަންނަ ކަހަލަ ގޮތަކަށް ބައްޓަން ކުރެވިފައެއް ނެތް. ޖޫރިމައިނާއެެެއް އޮތީ އެވެސް ތަކުރާރުކޮށް ކުރާ ކަމެއް ވެއްޖިޔާމުން އެކަން ވާންއޮތީ."  ސައުދުﷲ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު