ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

19 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ދުނިޔޭގެ އިންސާނީ ހައްޤުތަކުގެ ދުވަހާ ގުޅިގެން، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނީއްޔަތުކަމުގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންސާނީއްޔާތުކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި ހިތްވަރާއެކު ހަނގުރާމަތަކާއި ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އެކު ދިވެހިރާއްޖެއިން ތިބި ކަމަށެވެ. އެމަނިކުފާނު ވަނީ މި ދުވަސް ފާހަގަކުރާއިރު ޢައްޒާއާއި ދުނިޔޭގެ ކަންކޮޅުތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތައް ފާހަގަކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްޙަ ޤާއިމްކުރުމަށާއި އިންސާފަށް ލިބޭ ބާރެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އިންސާނީ އެހީ ނާޒުކު އާބާދީތަކަށް ލިބޭކަން ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޣައްޒާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީ ދައުލަތުން ހުރަސްއަޅަމުންދާތީ، އެކަން ދިވެހިރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. އަދި ޣައްޒާއަށް އެކަށީގެންވާ މިންވަރަށް އެހީ ވެއްދުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ބާރުއެޅުމަށް ދިވެހިރާއްޖެއިން ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު