ENGLISH
07 ސެޕްޓެމްބަރު 2025
އޯލެވެލް ނަތީޖާ ކޮންމެ ގޮތަކަށް ލިބުނަސް ކިޔެވުން ހުއްޓާނުލާ: ޝަފީއު
19 އޯގަސްޓު 2025
|
މިއަދު ދޫކުރަން ފަށާ އޯލެވެލް އިމްތިހާނުގެ ނަތީޖާ ކޮންމެ ގޮތަކަށް ލިބުނު ނަމަވެސް ކިޔެވުން ހުއްޓާނުލުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
މިއަހަރުގެ މޭ/ޖޫންގައި ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ ހުރިހާ ދަރިވަރުންނަކީ ނަތީޖާ އެންމެ ރަނގަޅު ކުދިންނަށް ނުވެދާނެ ކަމަށާއި، އޯލެވެލްގެ ނަތީޖާއަކީ ދަރިވަރުންގެ ކިޔެވުމުގައި ގޮތް ނިންމާ ދުވަސް ކަމަށް ކުރިން އޮތް އޮތުން މިހާރު ނޯންނަ ކަމަށެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޯލެވެލް ނިންމާ ކުދިންނަށް އޭލެވެލް ކިޔެވުމާއެކު ކުރިއަށްދިއުމުގެ ތަފާތު މަގުތަކެއް މިނިސްޓްރީން ފަހިކޮށްދީފައިވެއެވެ. އެއީ އެކަޑަމިކް ޕާތުވޭ، ސްކޫލުގައި ކުރިއަށްގެންދާ ވޮކޭޝަނަލް އެޑިއުކޭޝަން ޕާތުވޭ އަދި މަސައްކަތުގެ މާހައުލުގައި (ވޯކް-ބޭސްޑް) ކިޔެވުމުގެ އެޕްރެންޓިސްޝިޕް ޕާތުވޭ އެވެ.
ކޮންމެ ކުއްޖަކީ މިހާރު ހުޅުވާލާފައިވާ ކޮންމެވެސް އެއް ލާނިން ޕާތުވޭއެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ ކުއްޖެއް ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.