ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

މެއި/ޖޫންގައި ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ

19 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މިއަހަރުގެ މޭ/ޖޫންގައި ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު މެންދުރުފަހު 1:00 އިން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން އިޢުލާންކޮށްފިއެވެ.

އެސްއެސްސީ އަދި ކެމްބްރިޖް އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ މިއަދު މެންދުރުފަހު 1:00 އިން ފެށިގެން ލިބޭއިރު، އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް ޑީޕީއީން ދޫކުރާނެއެވެ.

އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ އައިޑީކާޑު ހުށަހެޅުމުންނެވެ.

އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، ދަރިވަރުގެ އައިޑީކާޑާއި ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަންޖެހޭނެއެވެ.

މިއަހަރުގެ އިމްތިހާނުގައި 260 ސެންޓަރަކުން 8,364 ދަރިވަރުން ބައިވެރިވެފައިވާއިރު، މިހާރު ކުރިއަށްދާ ދިރާސީ އަހަރު ގްރޭޑް 10 ކިޔަވާ ކުދިން އޯލެވެލް އިމްތިހާނު ހަދާނީ އަންނަ އަހަރުގެ ފެބްރުއަރީ/މާޗުގައެވެ.

ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައެވެ.

އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯލެވެލް އިމްތިހާނުތައް ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު/ނޮވެމްބަރުގައި ބޭއްވުމަށް މިނިސްޓްރީން ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު