ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ހިމަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

19 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ހިމަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވުން. ފޮޓޯ: ރައީސް އޮފީސް

އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

އއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު ހިމަންދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ. ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގެން އެންމެ ފުރަތަމަ ހުޅުއްވައިދެއްވީ އެރަށު ޞިއްޙި މަރުކަޒަށް އިތުރުކުރި އާ އިމާރާތެވެ.  

ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގައި ޢާންމު ޞިއްހަތުގެ ޚިދުމަތުގެ ޔުނިޓާއި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކާއި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއް ޤާއިމުކޮށްފައިވެއެވެ. އަދި މާބަނޑު މީހުންގެ ކްލިނިކާއި ކުޑަކުދިންގެ ޞިއްޙަތު ކްލިނިކްވެސް ޤާއިމުކޮށްފައިވެއެވެ.

ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވިއިރު، އެ ރަށުގައި އަޅާ ފުލުހުންގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ހިމަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަތަރު ރަށަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު