ENGLISH
07 ސެޕްޓެމްބަރު 2025
މައުމޫން ފައުންޑޭޝަނުން ޤައުމީ ދުވަހާއި ގުޅިގެން ޤައުމީ ޅެން ހެދުމުގެ މުބާރާތެއް
18 އޯގަސްޓު 2025
|
ކުރީގެ ރައީސް މައުމޫން -- ފޮޓޯ: އެޓޯލްސް
މައުމޫން ފައުންޑޭޝަންގެ ފަރާތުން ޤައުމީ ދުވަހާއި ގުޅިގެން ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.
އެ ފައުންޑޭޝަނުން މިއަދު ބުނީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ދިވެހި ޤައުމިއްޔަތާއި، ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ އެއްބައިވަންތަކަން މި މައުޟޫތަކަށް ކަމަށެވެ.
މިމުބާރާތަކީ ހުރިހާ ދިވެހިންނަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.
މިމުބާރާތުގައި 1 ވަނަ އަށް އަންނަ ފަރާތަކަށް 5000.00 ރުފިޔާ، 2 ވަނަ އަށް އަންނަ ފަރާތަށް 3500.00 ރުފިޔާ، އަދި 3 ވަނަ އަށް އަންނަ ފަރާތަށް 2000.00 ރުފިޔާގެ ފައިސާގެ އިނާމް ހުށައެޅިފައިވެއެވެ. އަދި އެންމެ މޮޅު 5 ޅެމަށް ހަނދާނީ ލިޔުން ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޅެން ހެދުމަށް ފަހު، 27 އޮގަސްޓު ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން [email protected] މި އީމެއިލް އެޑްރެހަށް ފޮނުއްވުމަށް ވަނީ އެދިފަ އެވެ.
މި މުބާރާތުގެ ޤަވާޢިދު ފައުންޑޭޝަންގެ ފޭސްބުކް އަދި އެކްސް ޕޭޖުން ލިބޭނެ ކަމަށް ވެސް މައުމޫން ފައުންޑޭޝަނުން ވަނީ ބުނެފަ އެވެ.