ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ޖަޕާނުން ދިވެހި ފުލުހުންނަށް ފަސް ލޯންޗު ހަދިޔާކޮށްފި

18 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ޖަޕާނު ސަރުކާރުން ހަދިޔާކުރި ލޯންޗުތައް ފުލުހުންގެ ހިދުމަތާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ޕޮލިސް

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާބިލުކަން އިތުރުކުރުމަށް ކުރާ މަސައްކަަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖަޕާނު ސަރުކާރުން ފުލުހުންނަަށް ފަސް ލޯންޗު ހަދިޔާކޮށްފިއެވެ. 

މިއަދު ލޯންޗުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވިއިރު، ރަސްމީކޮށް ލޯންޗުތައް ހަދިޔާކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އިޝިގީމީ ރުމީކޯއެވެ. އެ ލޯންޗުތަކާ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ކޮމިޝަަަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ. 

ކަނޑުތަކުގައި ހިނގާ ކުށްތައް ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތުގައި ބޭނުންކުރާނެ ލޯންޗުތައް ހުރީ ދިވެހި ފުލުހުންގެ ލޯގޯ ޖަހައި، ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ އާލާތްތައް ހަރުކޮށް ފުލުހުންނަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައެވެ. 

ކަނޑުމަތީގައި ހިނގާ އެކްސިޑެންޓުތަކުގައި ދިވެހި ސިފައިންގެ ކޯސްޓުގާޑުގެ އިތުރަށް ފުލުހުންވެސް ހަރަކާތްތެރިވެއެވެ. އެކަމަށްޓަކައި ފުލުހުންގެ ހިދުމަތުގައި މެރިން ޕޮލިސް ޑިޕާޓުމެންޓެއް ގާއިމުކޮށްފައިވެއެވެ. 

މިއަދުގެ ރަސްމިއްޔާތު ނިމުމުން ކޮމިޝަނާ އޮފް ޕޮލިސް ނަވީނާއި ސަފީރު ރުމީކޯވަނީ ލޯންޗުތަކަށް އަރާވަޑައިގެން އެ ލޯންޗުތައް ބައްލަވައިލައްވާފައެވެ. 

ޖަޕާނުން ފުލުހުންގެ ހިދުމަތަށް ލޯންޗުތައް ހަދިޔާކުރުމުން އެ ހިދުމަތުން ޝުކުރު އަދާކުރިއެވެ. ފުލުހުން ބުނި ގޮތުގައި މި އުޅަނދުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތަކަށް އިތުރަށް ހަަރުދަނާވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު