ENGLISH
07 ސެޕްޓެމްބަރު 2025
ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ
18 އޯގަސްޓު 2025
|
ފުލުހުންގެ ހިދުމަތުގެ މައި މަރުކަޒު
ފުލުހުންގެ ބަންދުގައި ހުއްޓާ އިއްޔެ ނިޔާވި އުމުރުން 48 އަހަރުގެ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓެމް ހެދުމަށް ނިންމާފައިވާަކަަން ފުލުހުންގެ ހިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބޭތިއްބުމަށް ބޭނުންކުރާ މާލޭ އަތޮޅުވެހީގައި ބަންދުގައި ހުއްޓާ އިއްޔެ މަރުވީ ގ.ޒާމިއާ، އަހްމަދު އަފްރާހެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފާއިތުވި ހުކުރުދުވަހުއެވެ.
އިއްޔެ ފުލުހުން ބުނި ގޮތުގައި އޭނާ ވެއްޓިގެން އެކަން ސަމާލުކަމަށް އައުމުން އިތުރު ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރު އަފުރާހު ނިޔާވެފައިވެއެވެ.
އެ މައްސަލަ ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގުކުރަން ފަށާފައިވާކަމަށާއި، އެ މައްސަލައިގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި އިންޓަގްރިޓީ ކޮމިޝަނާ ހިއްސާކޮށްފައިވާކަމަށް އެ ހިދުމަތުން ބުނެފައިވެއެވެ.
މިއަދު އެމްއެމްޓީވީއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިޔާ އޮފިޝަަލު ވިދާޅުވީ އޭނާގެ މަރާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ޕޯސްޓްމޯޓެމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.