ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ޕާކިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގިނަބަޔަކު މަރުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

18 އޯގަސްޓު 2025

|

ހަސަން އާމިރު

ޕާކިސްތާނަށް ބޯކޮށް ވާރެވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ޢަދަދެއްގެ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެކަމާ ހިތާމަފާޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު ތަޢުޒިޔާ ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ޙަމްދަރުދީ ފާޅުކުރައްވައި، އެ ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް، ދިވެހިސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ މަނިކުފާނު ތަޢުޒިޔާ ވިދާޅުވިއެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހިރާއްޖެ ވަނީ އެ ޤައުމުގެ ސަރުކާރާއި، އުޚުވަތްތެރި ރައްޔިތުންނާ އެކުގައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު