ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ޝަފީގު އައްޔަންކުރަން ފާސްކޮށްފި

18 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

އެޗްއާރްސީއެމްއަށް އައްޔަންކުރަން މަޖިލީހުން ރުހުންދިން މުހައްމަދު ޝަފީގު މަހުމޫދު

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން މުހައްމަދު ޝަފީގު މަހުމޫދު އެ މަގާމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފިއެވެ. 

ޝަފީގުގެ ނަންފުޅުގެ އިތުރަށް މުހައްމަދު ފާރިސް ތޯހާގެ ނަންފުޅުވެސް ރައީސް މަޖިލީހަށް ފޮނުއްވިއެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި އޭނާއަށް 75 މާކްސް ލިބިވަޑައިނުގަތުމާ ގުޅިގެން އޭނާގެ ނަންފުޅު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިނުވެއެވެ. 

މުހައްމަދު ޝަފީގު މަހުމޫދަކީ މީގެ ކުރިން ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ކުރިން އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިް ޑިރެކްޓަރުކަމާއި، އައިޖީއެމްއެޗްގެ ޑިޕިއުޓީ ޑިރެކްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރުކަން ކުރެއްވިއެވެ. 

އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ޝަފީގު ފުރުއްވާފައިވެއެވެ. 

ނައިބު ރައީސް މޫމިިނާ ވަހީދު އަދި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެ ދައުރު އަންނަ ސެޕްޓެންބަރު މަހުގެ އަށްވަނަ ދުވަހު ހަމަވާނެއެވެ. އެ ބޭފުޅުންގެ ދައުރު ހަމަވާތީ އެޗްއާރްސީއެމުން ހުސްވާ ގޮނޑިތަކަށް ކުރިމަތިލުމަށް ދެ ފަހަރެއްގެ މަތިން ރައީސް އޮފީހުން ހުޅުވައިލިއެވެ. 

ކިޔުންތެރިންގެ ހިޔާލު