ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ސިވިލް ސަރވިސް ކޮމިޝަނަށް މެމްބަރުން އައްޔަނުކުރަން ކޮމިޓީއަށް ފޮނުވައިފި

18 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ސިވިލް ސަރވިސް ކޮމިޝަނަށް މެމްބަރުން އައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތައް މިއަދު ކޮމިޓީއަށް ފޮނުވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަ ނަމެއް ފޮނުއްވިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. 

ސިވިލް ސަރވިސް ކޮމިޝަނުގައި މިހާރު ތިއްބެވި ތިން މެމްބަރުންގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވި ހަ ނަމަކީ، މުޙައްމަދު ނާސިޙް، ޑރ. ޙުސައިން ފާއިޒް، ޑރ. ދީބާ މޫސާ، އަލްއުސްތާޛާ ބަދުރިއްޔާ މޫސާ، ޑރ. ފާޠިމަތު މުނާ އަދި އާމިނަތު އުއްމު ކުލްޘޫމްއެވެ. 

ކިޔުންތެރިންގެ ހިޔާލު