ENGLISH
08 ސެޕްޓެމްބަރު 2025
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވި މައްސަލައެއް ތަހުޤީޤު ކުރަނީ
17 އޯގަސްޓު 2025
|
ފުލުހުންގެ ކާރެއް
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވި މައްސަލައެއް ތަހުޤީޤު ކުރަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުގައި ހުރި ގ. ޒާމިއާ / މާލެ، އަޙްމަދު އަފްރާޙް (48އ) ގެ ޙާލަތު ރޭ ފަތިހު 05:50 އެހައިކަންހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާ ކަމަށް ފާހަގަ ކުރެވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އަޙްމަދު އަފްރާޙް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އޮގަސްޓް 15 ވަނަ ދުވަހު އެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަނުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށްވެސް ބުންޏެވެ.
މި ހާދިސާގެ މަޢުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފައި ކަމަށާ އަދި މި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަޙުޤީޤެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ ކުރިއަށް ގެންދަމުން ކަމަށްވެސް ބުންޏެވެ.