ENGLISH
07 ސެޕްޓެމްބަރު 2025
ޒަކާތު ފަންޑުގެ ސްކޮލަޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތު ނައިބް ރައީސް ޝަރަފްވެރިކޮށްދެއްވައިފި
17 އޯގަސްޓު 2025
|
އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕް އަދި ޚާއްސަ ސްކޮލަޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތު, ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޒަކާތު ސްކޮލަޝިޕް އަދި ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވައިފައެވެ. މިއަހަރު ޒަކާތު ފަންޑުން ސްކޮލަރޝިޕް ލިބުނު 24 ފަރާތުގެ ތެރޭގައި ފުލް ސްކޮލަރޝިޕް ލިބުނު 17 ފަރާތަކާއި ސްޓިޕެންޑް ލިބުނު ހަ ފަރާތަކާއި ޓިއުޝަން ފީ ލިބުނު އެއް ފަރާތެއް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ޒަކާތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕް ރެޒެންޓޭޝަނެއްވެސް ދައްކާފައިވެއެވެ.