ENGLISH
07 ސެޕްޓެމްބަރު 2025
ޢާންމުންނަށް ދަތިވާގޮތަށް މަގުތަކަށް ދޫކޮށްލާފައި ހުރި 40 ކާރާއި 168 ސައިކަލު ނަގައިފި
17 އޯގަސްޓު 2025
|
މިއަދު ފެށި މަސައްކަތުގެ ދަށުން ވެހިކަލެއް ނަގަނީ
މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ދަށުން ގިނަ އަދަދެއްގެ ވެހިކަލް ނަގައިފި އެވެ.
އެފަދަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފެށީ ހޮނިހިރު ދުވަހުގެ ހެނދުނު އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ އިދާރާއާ މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ ގުޅިގެން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ. އެގޮތުން ހޮނިހިރު ދުވަހު 40 ކާރާއި 168 ސައިކަލު ނަގާފައިވާ ކަމަށް ބުންޏެވެ.
މިއީ، މާލޭގެ މަގު ތަކަކީ އެންމެނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަަށް ފުލުހުން ބުންޏެވެ.
ހަލާކުވާ ވެހިކަލްތައް މާލޭގެ މަގުތަކަށް ދޫކޮށްލުމަކީ އާންމު ކަމެކެވެ. އެކަމުގެ ސަބަބުން މަގު ހިނގާ މީހުންނާއި މަގުތައް ބޭނުންކުރާ މީހުންނަށް ދަތިވެ އެވެ.
ޕާކިންގެ މައްސަލަ ބޮޑު މާލޭގައި އެފަދަ ގޮތްގޮތަށް ވެހިކަލްތައް ދޫކޮށްލާފައި ހުރުމުން ޢާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮވެ އެވެ.
މަގުތައް ތަރުތީބުކޮށް މަގު ބޭނުންކުރާ މީހުންގެ ފަސޭހައަށް ފުލުހުން ދޭތެރެދޭތެރެއިން މިފަދަ މަސައްކަތްތައް ކުރެ އެވެ.