ENGLISH
07 ސެޕްޓެމްބަރު 2025
އެކްސިޑެންޓެއްގައި މީހަކު ނިޔާވުން: ސައިކަލު ދުއްވި މީހާ ހައްޔަރު ކޮށްފި
16 އޯގަސްޓު 2025
|
ލ. ގަމުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް މީހަކު ހައްޔަރު ކޮށްފި އެވެ.
ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ލ. މާވަށް އެތުމާ، މަރިޔަމް މޫސާ (މަރިޔަމްފުޅު) ވަނީ ނިޔާވެފަ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ތަހުގީގަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އެކްސިޑެންޓްވީ ސައިކަލު ދުއްވަން އިން ލ. ފޮނަދޫ، ހޯރަވިލާ އުމުރުން 37 އަހަރުގެ މުހައްމަދު ނައުސާން އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.