ENGLISH

16 އޯގަސްޓު 2025

Advertisement

ގެދޮރުވެރިޔާ ސްކީމް؛ މިހާތަނަށް 1200 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުން ހަދައިފި

16 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ގެންދަނީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާު ފުލެޓުތަކުގެ އެއްބަސްވުމުގައި މިހާރު 1200 މީހުން ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ. 

އެ ކޯޕަރޭޝަނުން ބުނީ އިއްޔެެގެ ނިޔަަލަށް  1202 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމަށެވެ. މިހާތަނަށް 1530 މީހުންނާއެކު ސޮއިކުރަން ތާވަލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެފްޑީސީން ބުނީ އެއީ އެ ކޯޕަރޭޝަނަށް ހާސިލުކުރެވުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެ ކުރިން އެ ކުންފުނިން ބުނީ، ފުލެޓް އެއްބަސްވުން ހެދުމަށް އެކޯޕަރޭޝަނަށް ހައުސިން މިނިސްޓްރީން ފޮނުވާފައިވަނީ 2665 މީހުންގެ ނަން ކަމަށެވެ. 

އެހެންކަމުން، ބާކީ ތިބި ފަރާތްތަކާއެކު އެއްބަސްވުން ހަދާ ނިންމުމަށް އެފްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ބިނާކުރިއިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ. 

ކޮންމެ ކުންފުންޏަކުން ވެސް ކުރިއަށް ގެންދަނީ 2،000 ފްލެޓުގެ މަސައްކަތެވެ. އެ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. 

އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ.

ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގެދޮޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންގެ އެގްރިމަންޓްގެ މަސައްކަތްތައް ނިންމާ ފްލެޓް ހަވާލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު ފްލެޓްގައި ސޮއިކުރުމަށް އައިމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަންއިން އަންގާނެއެވެ. އެއަށްފަހު ސޮއިކުރަން ދާންވާ ދުވަހާ ގަޑި އެފްޑީސީން އަންގަމުންދާނެއެވެ.

ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

ކިޔުންތެރިންގެ ހިޔާލު