ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ޢާންމުންނަށް ދަތިވާގޮތަށް މަގުތަކަށް ދޫކޮށްލާފައި ހުރި ވެހިކަލްތައް ނަގަނީ

16 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ޕޮލިސް

މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތް މިއަދު ހެނދުނު ވަނީ ފަށާފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ އިދާރާއާ މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ ގުޅިގެން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

މިއީ، މާލޭގެ މަގު ތަކަކީ އެންމެނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަަށް ފުލުހުން ބުންޏެވެ.

ހަލާކުވާ ވެހިކަލްތައް މާލޭގެ މަގުތަކަށް ދޫކޮށްލުމަކީ އާންމު ކަމެކެވެ. އެކަމުގެ ސަބަބުން މަގު ހިނގާ މީހުންނާއި މަގުތައް ބޭނުންކުރާ މީހުންނަށް ދަތިވެ އެވެ.

ޕާކިންގެ މައްސަލަ ބޮޑު މާލޭގައި އެފަދަ ގޮތްގޮތަށް ވެހިކަލްތައް ދޫކޮށްލާފައި ހުރުމުން ޢާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮވެ އެވެ.

މަގުތައް ތަރުތީބުކޮށް މަގު ބޭނުންކުރާ މީހުންގެ ފަސޭހައަށް ފުލުހުން ދޭތެރެދޭތެރެއިން މިފަދަ މަސައްކަތްތައް ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު