ENGLISH
07 ސެޕްޓެމްބަރު 2025
ކައްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދޮށީ އުމުރުގެ މީހަކު ނިޔާވެއްޖެ
15 އޯގަސްޓު 2025
|
މިރޭ ހިނގި އެކްސިޑެންޓް
ކައްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދޮށީ އުމުރުގެ މީހަކު ނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގީ މިރޭ 7:18 ހާއިރު އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ލ. ފޮނަދޫ އިން ގަމަށް ދަތުރުކުރި ސައިކަލެއް ލ. ކައްދޫ އެއާޕޯޓަށް ދާން އޮންނަ މަގުން ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އެއީ މަގު ހުރަސްކުރި ދެ އަންހެނުންނާއި ސައިކަލުގައި ތިބި ދެ މީހުންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ.
މިރޭ ހިނގި މި އެކްސިޑެންޓްގެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.