ENGLISH
08 ސެޕްޓެމްބަރު 2025
އައު ޓާމިނަލްއިން ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ލަގްޒަރީ އެއާލައިނަކަށް "ބިއޯންޑް"
15 އޯގަސްޓު 2025
|
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްއިން ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ލަގްޒަރީ އެއާލައިނަކަށް "ބިއޯންޑް" ހަމަޖައްސައި، މާދަމާއިން ފެށިގެން އެ އެއާލައިންގެ އޮޕަރޭޝަންތައް އައު ޓާމިނަލްގައި ފެށޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އިން ހާމަކޮށްފިއެވެ.
ބިއޯންޑް އެއާލައިނަކީ އަރަބެސްކް ކުންފުންޏާއި ސިމްޑީ ގްރޫޕުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތަޢާރަފްކުރި ލަގްޒަރީ އެއާލައިނެކެވެ. މިއީ އައު ޓާމިނަލުން ޚިދުމަތް ދޭ ތިން ވަނަ އެއާލައިންއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ރަސްމީކޮށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުވާފައި ވާއިރު، ޓާމިނަލްގެ މަސައްކަތްތައް ފެށުނީ މޯލްޑިވިއަން އެއަރލައިންސްގެ ފްލައިޓަކާ އެކުގައެވެ.
އަދި އެއަރ އަރަބިއާއަކީ މި ޓާމިނަލް ބޭނުންކުރި ފުރި ފުރަތަމަ ބޭރުގެ އެއަރލައިންއެވެ.
ބިއޯންޑް އެއަރވޭސްގެ ޚިދުމަތްތައް އައު ޓާމިނަލަށް ބަދަލުކުރުމުގެ ޓްރައިލްއެއް ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ.
މި ތަރައްޤީއާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.