ENGLISH
07 ސެޕްޓެމްބަރު 2025
އެދިވަޑައިގަތުމަކީ ކައުންސިލްތަކުން އިޚްލާސްތެރިކަމާއި ޒިންމާދާރުކަމާއެކު މަސައްކަތް ކުރަން
16 އޯގަސްޓު 2025
|
ލާމަރުކަޒީ ނިޒާމަށް މި ފަހުން ގެނެވުނު ބަދަލާއި ގުޅޭގޮތުން ހަޤީޤަތް އޮޅުވާާލަން ބަޔަކު މަސައްކަތް ކުރެއެވެ. ކައުންސިލްތައް މިހާރަށް ވުރެ ދެ ފުށް ފެންނަ ގޮތަކަށް، ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތް މަގުފަހިކުރުމަށްޓަކައި، ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކަކީ ކައުންސިލްތަކުގެ ބާރުތައް ހިފެހެއްޓުން ކަމަށް ބަޔަކު ސިފަކުރި ނަމަވެސް، ގާނޫނަށް ބަލާލުމުން އެއީ ރަނގަޅު ވިސްނުމެއް ނޫންކަން އެނގެ އެވެ.
އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވެފައިވަނީ، ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރީގެ ތެރެއަށް ކައުންސިލުތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ނުވަދެވޭ ގޮތަށް އޮތް އޮތުމަށެވެ. އަދި ކައުންސިލުގެ ދައުރުގެ ފަހު އަހަރުގައި ފިނޭންސް މިނިސްޓްރީއާއި އެލްޖީއޭގެ އިރުޝާދުތަކާއި ކަނޑައަޅާ އުސޫލުތަކާ ހިލާފަށް ދާއިމީ ނުވަތަ ކޮންޓްރެކްޓު މުވައްޒަފުން ވަޒީފާއަށް ނުނެގޭނެ ކަމަށް އޮތް އޮތުމަށެވެ. ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ސަރުކާރުން ނެގުމުގެ އަމަލެކެވެ.
މާޅޮސްމަޑުލު ދެކުނުބުރީގެ ރައްޔިތުންނާ މިދިޔަ ހަފްތާގައި ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިކަން ބޮޑަށް ސާފުކޮށްދެއްވާފަ އެވެެ. އެމަނިކުފާނު ވިދާޅުވީ ބައެއް ކައުންސިލްތަކުން މިހާރު އަމަލު ކުރަމުން ގެންދަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. ޚާއްސަކޮށް ކައުންސިލް ކުންފުނިތަކުން ރަށްރަށުގައި ހިންގާ އަމިއްލަ ވިޔަފާރިތަކަށް ވަނުން ރަނގަޅު ނޫން ކަމުގައި ވިދާޅުވި އެވެ. އަދި ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ފައިސާއިން ރަށަށާއި އަތޮޅަށް އެއްވެސް ފައިދާއެއް ނުކުރާ ކަންކަމުގައި އެކި ނަންނަމުގައި ބޭރުގެ ޤައުމުތަކަށް ކުރާ ދަތުރުތަކަކީ ހަމަޖެހޭ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތަށް ވިދާޅުވިއިރު، މި ފަދަ ބަދަލެއް ގެނެވުނު އެއް ސަބަބަކީ ކައުންސިލުތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ބޭނުން ވިޔަފާރިއެއް ކުރެވޭ ގޮތަށް އޮވެއްޖެނަމަ ރަށްރަށުގެ އިގުތިސާދުތަކުގައި އާއްމު ރައްޔިތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއަށް އެ ކުންފުނިތައް ވަނުމުން އާއްމު ވިޔަފާރިތަކަށް ގެއްލުންވަމުންދާކަމުގެ ޝަކުވާ ތަކެވެ.
އާންމު ޚިދުމަތްތައް ދޭ ބިންތަކުން ކުލި ނެގުން ހުއްޓުވުމަށް ގެނެސްފައިވާ އިސްލާހަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރު އޮތް ގޮތުން ފެނާއި ކަރަންޓު ފަދަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކުން ވަރަށް ބޮޑު ކުއްޔެއް ނަގަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ދެމުންދާ އެންމެ އަސާސީ ޚިދުމަތްތަކުގެ އަގު އިންތިހާއަށް ބޮޑުވެގެންދާ ކަމަށް ވިދާޅުވި އެވެ.
ކައުންސިލުގެ ދައުރުގެ ފަހު އަހަރުގައި ފިނޭންސް މިނިސްޓްރީއާއި އެލްޖީއޭގެ އިރުޝާދުތަކާއި ކަނޑައަޅާ އުސޫލުތަކާ ހިލާފަށް ދާއިމީ ނުވަތަ ކޮންޓްރެކްޓު މުވައްޒަފުން ވަޒީފާއަށް ނުނެގޭނެ ކަމަށް ވެސް މިހާރު ގާނޫނުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން، ކައުންސިލުތަކުން ހަރަދުކުރުމުގައި ޒިންމާދާރުކުރުވުމަށްޓަކައި ބިލުގައި ހުށަހަޅާފައި އޮތީ ކައުންސިލުތަކުގެ އެކައުންޓުތައް ބެލެހެއްޓުމުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކަަށް އަމަލުކުރުމެވެ.
މި އިސްލާހުތަކާ ގުޅިގެން ރައީސް ވިދާޅުވީ ބިންތައް ދޫކުރުމާއި ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ނަމަ ފިނޭންސް މިނިސްޓްރީއާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ބަދަލުކުރީ އުސޫލުގެ ތެރެއިން ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ކުރުމުގެ ނިޒާމެއް ޤާއިމު ކުރުމަށް ކަމަށެވެ. އަދި މިފަދަ އިސްލާހުތަކެއް ގެންނަން ޖެހުނީ، ބައެއް ކައުންސިލްތަކުން ސިޔާސީ ބޭނުމަށް އިންތިޚާބާ ދިމާކޮށް ރަށްރަށުގެ ބިންތައް ދޫކޮށް ގިނަ އަދަދަކަށް މުވައްޒަފުން ނެގުން ފަދަ މައްސަލަަތައް ހުރުމުން ނެވެ.
މި ފިޔަަވަޅާއެކު ކައުންސިލުގެ އެކައުންޓުތަކުން ފައިސާ ގެއްލުމާއި، ފައިސާ ނުބެލެހެއްޓި ވީނުވީއެއް ނޭނގުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެއެވެ. އަދި ވަކި އުސޫލެއްގެ ތެރެއިން ހަރުދަނާ ގޮތެއްގައި ކައުންސިލުގެ ފައިސާ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހޭނެއެވެ.
ރައީސްގެ ފަލްސަފާއަކީ، ލާމަރުކަޒުކޮށް ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އެމަނިކުފާނު އަބަދުވެސް އެދިވަޑައިގަންނަވަނީ ކައުންސިލްތަކުން އިޚްލާސްތެރިކަމާއި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށެވެ. ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށެވެ.