ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

އިންޑިއާ އަކީ އިތުބާރު ކުރެވޭ ތަރައްގީގެ ބައިވެރިއެއް: ރައީސް

15 އޯގަސްޓު 2025

|

އުމްނާ އިސްމާޢީލް

އިންޑިއާ އަކީ ދިވެހި ރާއްޖޭގެ އިތުބާރު ކުރެވޭ ތަރައްގީގެ ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ 79 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ދްރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް އަރިސްކުރައްވަމުން ރައީސް މުއިއްޒު، 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދެ ގައުމުގެ މެދުގައި އޮތް ޒަމާނީ ގުޅުން ފާހަގަކުރައްވާފަ އެވެ.

އިންޑިއާއަކީ އިތުބާރުކުރެވޭ ތަރައްގީގެ ބައިވެރިއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާއި މަތީ ފަންތީގެ މަޝްވަރާތައް އިތުރުވުމަކީ ދެ ގައުމުގެ މެދުގައި އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރަސްމީ ދައުވަތުފުޅަކަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރެއްވުމަށް މިދިޔަ މަހު ފަހުކޮޅު ރާއްޖެ ވަޑައިގެންފަ އެވެ. އިންޑިޔާ އާއި ރާއްޖޭގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުނީ މި އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު
15 އޯގަސްޓު 2025

ޙދ ·

Thank you