ENGLISH
08 ސެޕްޓެމްބަރު 2025
ފުލުހުންގެ ތަހުގީގަށް ހިފެހެއްޓި 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ބަލަނީ
14 އޯގަސްޓު 2025
|
ޑޮލަރުތަކެއް
ފުލުހުންގެ ތަހުގީގަށް ހިފެހެއްޓި 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ބަލަން ފަށައިފި އެވެ.
އެ މައްސަލަ ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ވަނީ ހާމަކޮށްފަ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހު ހުށައެޅު މައްސަލައަކާއި ގުޅިގެން ހިފެހެއްޓި ފައިސާތަކަކާ ބެހޭގޮތުން ފާހަގަ ކުރެވުނު ޖުމްލަ، ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުޤީޤު ކުރަމުންދާ ކަމަށެވެ. 30،000 ޑޮލަރުގެ ފަރަގެއް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ހަލާކުވެފައިވާ ފައިސާތަކެެއް ވެސް އެ ފައިސާ ބަހައްޓާފައިވާ ތަނުން ކޮތަޅެއްގެ ތެރެއިން ފެނިފައިވާ ކަމަށާ އެކަން ވެސް ފޮރެންސިކް މެދުވެރިކޮށް ބަލަމުންދާ ކަމަށެވެ.