ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

އިޒްރޭލުން ހިފާފައިވާ ބިންތަކުގައި އާބާދީ އިތުރުކުރުމުގެ އެޖެންޑާ ރައީސް ކުށްވެރި ކުރައްވައިފި

14 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަލަސްތީނާއި ގުޅޭ ހަރަކާތެއްގައި --

އިޒްރޭލުގެ އިސްތިއުމާރީ ސަރުކާރުން "ވިޜަން އޮފް ގްރޭޓަރ އިޒްރޭލް" ގެ ނަމުގައި އިޢުލާނުކުރި އިޒްރޭލުގެ ވަޒަންވެރިކަމުގެ އަދި އާބާދީ އިތުރުކުރުމުގެ ތަޞައްވުރަށް ދިވެހިރާއްޖެއިން އިންކާރުކޮށް، އެ އެޖެންޑާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައި ފިއެވެ.

އެ މަނިކުފާނު މިކަން ހާމަކުރެއްވީ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، މިފަދަ ތާކުންތާކު ނުޖެހޭ ބަޔާންތައް ނެރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ވިދާޅުވި އެވެ. ހަމަ އެހެންމެ، އެއީ، ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް "ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން" ނުވަތަ މިނިވަންކަމާއެކު ސިޔާސީ ދަރަޖަ ދެނެގަނެ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ކުރިއެރުމަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޙައްޤަށް އަރައިގަތުމުގެ އަމަލެއް ކަމުގައި ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދީ، އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ފަލަސްޠީނު ރައްޔިތުން ތަހަންމަލު ކުރަމުންދާ ދަތި ހާލަތުން މިންޖުކުރުމަށް އަވަސް މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވާފަ އެވެ.

‎ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށާއި އަދި ފަލަސްޠީނަށް އިންސާފުވެރި، ފުޅާ އަދި ދާއިމީ ސުލްޙައާއި ހަމަޖެހުމަށް އެދި މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ތަކުރާރު ކުރައްވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު