ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލަކަށް މާޅޮސް

14 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު މާޅޮޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލުގެ ގޮތުގައި ބ. މާޅޮހަށް މިއަދު ވަޑައިގެންފިއެވެ.

މިއީ މި ދަތުރުފުޅުގައި ރައީސް ޒިޔާރަތްކުރެއްވި 13 ވަނަ ރަށެވެ.

ރައީސް މާޅޮހަށް ވަދައިގަތުމުން އެ ރަށުންވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މާޅޮހަށް ކުރައްވާ ދަތުރުފުޅުގައި ވެސް ރައީސް ވަނީ މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މާޅޮހުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. 

މީގެއިތުރުން މާޅޮސްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފެށްޓެވުމާއި، އައު މިސްކިތުގެ ބިންގާ އެޅުން އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުންމުގެ ރަށްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮޅޮސްމަޑުލު ދެކުނުބުރި ކުރައްވާ މި ދަތުރުފުޅުގައި ބ. އަތޮޅުގެ 13 ރަށަކަށް ޒިޔާރަތްކުރެއްވިއެވެ.

އަދި މި ރަށްރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްރޫޢުތައްވެސް ފައްޓަވައިދެއްވާ، ރަށު ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެމީހުހުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އަޑުއެއްސެވިއެވެ.

ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.  

ކިޔުންތެރިންގެ ހިޔާލު