ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

14 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ވެރިންނާއި، ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ. 

ކޮންމެ އަހަރެއްގެ އޯގަސްޓު މަހުގެ 14 ވަނަ ދުވަހަކީ ޕާކިސްތާނުގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އިންޑިއަން ސަބް ކޮންޓިނެންޓުގައި މުސްލިމުންނަށް ވަކި ދައުލަތެއް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން އިނގިރޭސީންގެ އިސްތިއުމާރުން އިންޑިޔާ މިނިވަންވިއިރު ވަކި ދައުލަތެއްގެ ގޮތުގައި ޕާކިސްތާން އުފަންވީ 1947 ވަނަ އަހަރުގެ އޯގަސްޓު 14 ވަނަ ދުވަހުއެވެ. 

ޕާކިސްތާނު އުފަންވިއިރު މިހާރުގެ ބަންގުލަދޭޝްވެސް އޮތީ ޕާކިސްތާނުގެ ބައެއްގެ ގޮތުގައެވެ. އެއީ އެއިރުގެ އިރުމަތީ ޕާކިސްތާނެވެ. 

ޕާކިސްތާނުގެ މިނިވަންކަމަށް 79 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސްވަނީ އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށްވެސް ތަހުނިޔާ ވިދާޅުވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ ޕާކިސްތާނުގެ މިނިވަންދުވަސް ފާހަގަކުރަމުންދާއިރު މިނިވަންކަން ލިބުމަށްފަހު ޕާކިސްތާނުން ހާސިލުކުރި ކާމިޔާބުތައް ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖެއާއި ޕާކިސްތާނުގެ މެދުގައި އޮތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު