ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ދަރިފުޅުގެ ވަކިވުމަށް މަސް ދުވަސް: މިއީ އުފުލޭ ވަރަށްވުރެ މާ ބަރު ހިތްދަތިކަމެއް

13 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

އަޝްފާ އާއި ދަރިފުޅު

މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ރޭ މާލެ ސީޓީގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހ. ވަވޮއި ޔޫސުފް އަލްސަން މުހައްމަދު (އަލް) ވަނީ ނިޔާވެފަ އެވެ. އުމުރުން އެންމެ 17 އަހަރުގެ އެ ހުނަރުވެރި ޒުވާނާ ނިޔާވިތާ މިއަދަށް އެއްމަސް ދުވަސްވީ އެވެ.

އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީއާ މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅެވެ. ދަރިފުޅުގެ ވަކިވުމަށް މަސް ދުވަސްވީއިރު އަޝްފާ މިއަދު ވަނީ އަސަރުގަދަ ސްޓޭޓަސް އެއް ލިޔެފަ އެވެ.

އަޝްފާ ބުނި ގޮތުގައި ދަރިފުޅު ވަކިވެ ދިއުމަކީ އުފުލޭ ވަރަށްވުރެ މާ ބަރު ހިތްދަތިކަމެކެވެ.

"... މަންމަޔާ ބައްޕަގެ ހިތާމަތަކާ ރިހުންތަކަށް ކިރިޔާވެސް ލުޔެއް ލިބެނީ اللہ سبحانہ وتعالیއަށް މިކުރާ ނަމާދާއި ދުޢާޔާ ޒިކުރުތަކާ އެކަލާނގެ ކަލާމްފުޅުގެ އެހީއާއި މަދަދުން. މަންމަޔާއި ބައްޕައާއި ދެފަރާތުގެ އާއިލާ ވެސް ދަރިފުޅުދެކެ އިންތިހާއަށް ލޯބިވޭ. އެންމެ ގާތްކުދިންނާއި އެކުވެރިންނާއި އެ ކުދިންގެ މައިންބަފައިން ވެސް ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވޭ,"

އެއިން ކޮންމެ ހިތެއްގައި އޭނާގެ ދަރިފުޅަށް ޓަކައި ޚާއްސަ ޖާގައެއް އޮތްކަން ވަދާޢީ ވަގުތުކޮޅުގައި ވެސް ފެނުނު ކަމަށެވެ. އަދި އެވަރުގެ ޖަނާޒާއަކާ އެވަރުގެ ކަށުނަމާދެއް ދަރިފުޅަށް މިންވަރުކޮށްދެއްވި ކަމަށްޓަކާ اللہ سبحانہ وتعالیގެ ޙަޟްރަތައް ޙަމްދާ ޝުކުރު ކުރާކަން ބަޔާންކޮށްފައިވެ އެވެ.

"ލޯބިވާ ދަރިފުޅަށް ލެއްވި ހެޔޮ ރަޙުމަތަށްޓަކައި اللہ سبحانہ وتعالیގެ ޙަޟްރަތައް ޙަމްދާއި ޝުކުރު ކުރަން"

އަޝްފާގެ ސްޓޭޓަސް އަލްސަން އަކީ އޭނާގެ މަންމަޔާއި ބައްޕަގެ މުޅި ދުނިޔެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ ލޯތަކުން ކަރުނަފޫދެނީ ދަރިފުޅުދެކެވާ އިންތިހައި ދަރަޖައިގެ ލޯތްބަށްޓަކައި ކަމަށާ ނޭވާތައް ހިނގަނީ އެ ދަރިފުޅަށްޓަކައި  ކަމަށްވެސް ބުންޏެވެ.

އަދި މި ދޫތައް ޙަރަކާތްތެރިވަނީ ދަރިފުޅުގެ އާޚިރަތް ބާއްޖަވެރި ކޮށްދެއްވުމަށްޓަކައި ދުޢާތައް ކުރުމުގައ ކަމަށް ބުނެފައިވެ އެވެ.

".. ދަރިފުޅަކީ މަންމަޔާއި ބައްޕަޔަށް اللہ سبحانہ وتعالی ދެއްވި އަމާނާތެއް. އެކަލާނގެ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވޭ. މަންމަޔާ ބައްޕަގެ ދުޢާއަކީ ބަރުޒަޚްގެ ޢާލަމަކީ ދަރިފުޅަށް ރައްކާތެރި އަމާން ތަނަވަސް،ފިނިކަމާއި އަލިކަން ލިބިގެންވާ ތަނެއް ކަމުގައި ލެއްވުން. ދަރިފުޅުގެ އެންމެހާ ކުށް ފާފަތައް ފުއްސަވާދެއްވާ. ސުވަރުގޭގެ ދާއިމީ ރަޙްމަތާ ނިޢުމަތުގާ ދަރިފުޅު ލެއްވުން. ދަރިފުޅާ އެކު ސުވަރުގޭގައި ވުމަށްޓަކައި މިދަނީ ތާއަބަދު ގަދައަޅައި މަސައްކަތް ކުރަމުން. ވަރަށް ވަރަށް ވަރަށް ލޯބިވޭ އަލްސަން ދަރިފުޅާ," ކުރީގެ ފިރިމީހާ އަދި އަލްސަންގެ ބައްޕަ ތޭރަވާއަށް ޓެގްކޮށް އަޝްފާ ކުރި ޕޯސްޓްގައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު