ENGLISH
08 ސެޕްޓެމްބަރު 2025
ދޮންފަނަށް އުފާވެރި ދުވަހެއް: ބިން ހިއްކުމާއި މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީ ކުރަން ހަވާލުކޮށްފި
13 އޯގަސްޓު 2025
|
ބ. ދޮންފަނު ގައި ބިން ހިއްކުމާއި ބަނދަރުގެ ނެރު ބަދަލު ކުރުމާއި މޫދަށް އެރޭ ސަރަހައްދެއް ތަރައްޤީ ކުރަން ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. އެ މަސައްކަތްތައް އެ ކުންފުންޏާއި ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު, ބ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދޮންފަނަށް ވަޑައިގެން އެެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގަ އެވެ.
މި މަސައްކަތްގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާރުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަބިލެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ އަހްމަދު ސައުދީ އެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދޮންފަނަކީ ބިމުގެ ޖާގައިގެ ދަތިތައް ވަރަށް ބޮޑަށްް އޮތް ރަށެއް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި މަޝްރޫޢު ނިމުމުން ރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާ ވީހާވެސް އަވަހަށް ނިންމެވުމަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.