ENGLISH
08 ސެޕްޓެމްބަރު 2025
ކިހާދޫ ތަރައްގީގެ މަޝްރޫއުތައް ބައްޓަން ކުރާނީ ރައްޔިތުން އެދޭ ގޮތަށް: ރައީސް
13 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ބ. ކިހާދޫގެ ތަރައްގީއަށް ބޭނުންވާ ގިނަގުނަ ކަންތައްތައް އަދިވެސް އެބަހުރި ކަމަށާއި މަޝްރޫއުތައް ބައްޓަންކުރާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު އެ އަތޮޅު ކިހާދޫއަށް ވަޑައިގެން އެމަނިކުފާނުވަނީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމުން އިފްތިތާހުކޮށްދެއްވާފައެވެ.
އެއަށްފަހު ރައްޔިތުންނާ މުޚާތަބުކުރައްވާ ރައީސް ވިދާޅުވީ ދެން ހުރި މަޝްރޫޢުތައް ވެސް ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އަދިވެސް މުޅި މައްސަލަ ހައްލު ނުވާ ކަމަށެވެ. އެގޮތުން ރަށުގެ އުތުރު ފަރާތުގައި ޚާއްސަކޮށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ އައު މަޝްރޫޢެއް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން އެ މަޝްރޫއު މި އަންނަ އަހަރަށް ބަޖެޓް ކުރާނެ ކަން ރައީސް އިއުލާނު ކުރެއްވިއެވެ.
"އިރާދަ ވިއްޔާ ބަޖެޓުކޮށް މި އަންނަ އަހަރުގެ ތެރޭގައި މިރަށުގައި ދެން ހިމާޔަތް ކުރަން އޮތް ސަރަޙައްދު ވެސް އަޅުގަނޑުމެން ހިމާޔަތް ކޮށްދޭނަން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އެ ރަށުގެ އިންޖީނުގެ ރީލޮކޭޓް ކުރުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
އެގޮތުން އެކަމަށް ކައުންސިލުން ހަމަޖައްސާފައިވާ ބިމުގައި އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ މަރުކަޒަށް އިތުރު އެމްބިއުލެންސެއް ހޯދުމާއި އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
"މި މަސައްކަތް ތަރުތީބު ކޮށްގެން އަޅުގަނޑުމެން މި އަހަރުގެ ތެރޭގައި އެމްބިއުލެންސް ހޯދާ އަދި މި އަންނަ އަހަރަށް ބަޖެޓު ހަދާއިރުގައި މި އަންނަ އަހަރުގެ ކުރީ ކޮޅު އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސާނަން،" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އެ ރަށު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަންގެ ހުރިހާ ކަމެއްގެ އިތުރުން އާ އިމާރާތަށް ބޭނުންވާ ވަސީލަތް ހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ފުޓްބޯޅަ ދަނޑުގެ މަޝްރޫއާ ޔޫތު ސެންޓަރުގެ މަސައްކަތް ވެސް ތަރުތީބުކުރައްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން މި އަހަރު އެރަށުގައި ކުޑަކުދިންގެ ޕާކެއް އަޅުއްވައިދެއްވާނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސް މިއަދު ދެއްވިއެވެ.