ENGLISH
08 ސެޕްޓެމްބަރު 2025
ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާ މީހުންނަށް ފިޔަވަޅު އަޅަން ގާނޫނެއް މުހިއްމު: ފަލާހު
13 އޯގަސްޓު 2025
|
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު - ފޮޓޯ: މަޖިލިސް
އެކި ގޮތްގޮތުން، ގިނަ ބަޔަކު ޒަކާތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަމުންދާއިރު އެ ފައިސާ ބޭނުންކުރެވޭނެ ރަނގަޅު އުސޫލެއް ނުވަތަ ހަމައެއް ނެތް ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހަޅުއްވާފައިވާ، ޒަކާތުގެ ބިލަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރާނެ ހަމަތަކެއް ނުވަތަ އުސޫލުތަކެއް ނެތުމުން އެ ފައިސާ ނަހަމަ ގޮތުގައި ބައެއް މީހުން ބޭނުންކުރާ ކަމަށެވެ.
"މިސާލަކަށް ދަންނަވަންޏާމު ށ. ކޮމަންޑޫގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި، އެ ދާއިރާގެ އޭރުގެ މެންބަރު އަވާހަރަވުމާއެކު ހުސްވުމާ ގުޅިގެން ބޭއްވި ބައި އިލެކްޝަނުގައި ޒަކާތު ފައިސާ އެބަހުރި ކެމްޕެއިނަށް ބޭނުން ކޮށްފައި. ގުރައިދޫ ބައި އިލެކްޝަންގައި ވެސް ހަމަ އެހެން. މިއީ އާސަންދަ އެންސްޕާއެއް ނޫން. " - ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
މެންބަރު ވިދާޅުވީ ޒަކާތު ފައިސާއިން ބަލި މީހުންނަށް ބޭސްފަރުވާ ކުރެވޭނެ އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. ނަމަވެސް އިންތިޚާބު ފަދަ ކަންކަމުގައި ޒަކާތު ފައިސާ ބޭނުން ކޮށްގެން ނުވާނެ ކަމަށް މެންބަރު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅުތައް އެޅުމާ އެކަންކަން ބަޔާން ކުރުމަށް މި ގާނޫނަކީ މުހިއްމު ގާނޫނެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
ޒަކާތު ބިލަކީ ކުރިއަރާފައިވާ އިސްލާމީ ގައުމުތައް ނަމޫނާއަކަށް ބަލައިގެން އެކުލަވާލާފައިވާ ބިލެކެވެ. އެގޮތުން މެލޭޝިޔާއާއި ކުވައިތު، ޔޫއޭއީ އަދި މިސްރު ފަދަ ގައުމުތަކުގައި ވެސް ގާނޫނުގެ ތެރެއިން ޒަކާތުގެ ކަންކަން ހިނގަމުންދާ ކަން ބިލުގައި ފާހަގަކޮށްފައިވެއެވެ.
މި ބިލު ފާސްވުމުން ދައުލަތަށް ފަސޭހަވެގެންދާނެ ކަމަށާއި ޝަރުއީ ހަމަތަކުގެ މަތިން ޒަކާތު ފަންޑުން އިންވެސްޓްކުރުމަކީ ހުއްދަކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ. އެގޮތަށް އިންވެސްޓްކުރުމުން ޒަކާތް ހައްގުވާ ފަރާތްތަކުގެ އެންމެހައި ކަމެއް ވެސް ހިލޭ ފޯރުކޮށްދެވޭނެކަން މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.