ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ރާއްޖޭން ފަގީރުކަން ނައްތާލެވި އިޖުތިމާއީ ތަނަވަސްކަން ގެނެސްދިނުމަށް ޒަކާތު ބިލު މުހިއްމު: މިނިސްޓަރު

13 އޯގަސްޓު 2025

|

ޝާމަ ޝުޢައިބު

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒަކާތުގެ ގާނޫނު ފާސްވުމުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ލީގަލައިޒް ކުރެވިގެން ދިއުމާއެކު، ރާއްޖޭގެ އިސްލާމީ ތާރީޚުގައި ހެޔޮ ސޮފްހާއެއް ލިޔެވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޒަކާތް ނެގުމާއި ބެހުމުގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތު ފަންޑުން ހެޔޮގޮތުގައި ހޭދަކޮށް އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށާއި، ޒަކާތާ ގުޅޭ ހަރުދަނާ ޒަމާނީ ނިޒާމެއް ގާނޫނީ ތަރަހައިގެ ތެރެއިން ރާއްޖޭގައި ގާއިމުކުރުމަށް އެކުލަވައިލި ޒަކާތު ބިލު ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. 

އެ ބިލުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ އެ ބިލު އެކުލަވައިލާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. 

މިނިސްޓަރު ޝަހީމް ވިދާޅުވީ ދާއިރާގައި ކުރިއަރާފައިވާ އިސްލާމީ ގައުމުތައް ނަމޫނާއަކަށް ބަލައިގެން މި ބިލު އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން މެލޭޝިޔާއާއި ކުވައިތު، ޔޫއޭއީ އަދި މިސްރު ފަދަ ގައުމުތަކުގައި ވެސް ގާނޫނުގެ ތެރެއިން ޒަކާތުގެ ކަންކަން ހިނގަމުންދާ ކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

މި ބިލު ފާސްވުމުން ދައުލަތަށް ފަސޭހަވެގެންދާނެ ކަމަށާ ޝަރުއީ ހަމަތަކުގެ މަތިން ޒަކާތު ފަންޑުން އިންވެސްޓްކުރުމަކީ ހުއްދަކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތަށް އިންވެސްޓްކުރުމުން ޒަކާތް ހައްގުވާ ފަރާތްތަކުގެ އެންމެހައި ކަމެއް ވެސް ހިލޭ ފޯރުކޮށްދެވޭނެކަން މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ ބޯހިޔާވަހިކަމާއި ބޭސްފަރުވާ އަށް ވެސް މި ބިލާއެކު ފަސޭހަވެގެންދާނެ ކަމަށެވެ. އެގޮތުން ޒަކާތު ފަންޑު ޒަމާނާއި ހާލަތާއި ހާޖަތާ އެއްވަރަށް ތަރައްގީ ވާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ފަގީރުކަން ނައްތާލެވި އިޖްތިމާއީ ތަނަވަސްކަން ގެނެސްދިނުމުގައި މި ބިލު މުހިއްމު ރޯލެއް އަދާކުރާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު