ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ސިޓީ އާންމު ނުކުރިނަމަ ފޯޅަވަހި މައްސަލައިގައި ކުރިޔަށް ދެވޭނެ: މިނިސްޓަރ ޚަލީލް

13 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޗާގޯސްގެ ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ރާއްޖެއިން ބަލައިގަނެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އާންމު ނުކުރި ނަމަ އެ މައްސަލައިގައި ކުރިއަށް ދެވޭނެ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އަބްދުﷲ ޚަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

ފޯޅަފަހި ކަނޑުގެ މައްސަލާގައި އަދުގެ ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ވަހީދު މަޖިލީހުގައި ސުވާލުކުރެއްވުމުން މިނިސްޓަރ ވިދާޅުވީ މިދިޔަ ސަރުކާރުން ފޮނުވި ފޭކް ސިޓީއެއްގެ ސަބަބުން ރާއްޖޭގެ މަސްވެރިން، މަސްވެރިކަން ކުރަމުންދިޔަ 45 ހާސް އަކަކިލޯ މީޓަރުގެ ކަނޑުގެ ސަރަހައްދެއް ރާއްޖެއަށް ގެއްލިގެންދިޔަ ކަމަށެވެ.

"ހަގީގަތަކީ އެ ސިޓީ ބޭރުނުވި ނަމަ، މިދިޔަ ސަރުކާރުން ދޫނުކުރިނަމަ، ކަނޑުގެ މައްސަލައާއި އޭގެ އިތުރުން ފޯޅަވަހި މައްސަލައަކީ ވަރަށް ސާފުކޮށް ދިވެހީންނަށް ކުރިއަށް ދެވެން އޮތް މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މައްސަލައެއް އެ މައްސަލައަކީ." - މިނިސްޓަރް އޮފް ފޮރިން އެފެއަރސް ޑރ. އަބްދުﷲ ހަލީލު

އެހެންވެ، މިހާރު ކުރިއަށް ދަނީ ބޭރުގެ އެކި ގާނޫނީ ވަކީލުންނާ އެކީ މައްސަލަ އިތުރަށް މުރާޖައާކުރުމުގެ މަސައްކަތް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ޚަލީލް ވިދާޅުވީ، ގެއްލުނު ކަނޑުގެ މައްސަލަ އާއި ޗާގޯސްގެ މައްސަލައިން ރާއްޖެ ބޭރުވީ ކުރީ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގެ ސަބަބުން ކަމަށެވެ.

ވަޒީރު ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް އަދި ވަކިން ހާއްސަކޮށް ދެކުނުގެ މަސްވެރިކަމަށް ބުރޫއެރިކަމަށް މަސްވެރިްނގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ރަށްތަކާ ގުޅޭ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއަށް ވަނީ 22 އޮގަސްޓު 2022 ގައި ސިޓީއެއް ފޮނުއްވައިފައެވެ. 

އެމްޑީޕީ ސަރުކާރުން އެ ސިޓީ އާންމުކުރުމަށް ދެކޮޅުހަދަމުން ދިޔަނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު (ސެޕްޓެމްބަރު 2023) ގައި އެ ސިޓީ ވަނީ ލީކުކޮށްލައިފައެވެ.

މި ސަރުކާރުން އެ ސިޓީ ރަސްމީކޮށް އާންމުކުރީ 19 ޑިސެމްބަރު 2023 ގައެވެ. ސިޓީ އާންމުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާ ބެހޭ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކުރުމަށް ނެރުނު ބަޔާނާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު